މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ މިފަހަރު ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކަކީ:
- މާކްޓިން އެންޑް ޕީއާރް
- އެޑްމިން
- ފައިނޭންސް
- ޕްރޮކިއުމަންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އިންޖީނިއަރިން
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރު ނުވުމާއި ގްރޭޑް 10 ނިންމާފައިވުމެވެ.
މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ކުދިން 25 އޮކްޓޫބަރު 2025ވާ ބުދަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން އައިޑީ ކާޑުގެ ކޮޕީ، ސީވީ، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހެ އެވެ.
ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު އެމްޕީއެލްގެ ލާނިން އެންޑް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރަށް ނުވަތަ އީމެއިލްއަށް މެއިލް ކުރުމުން ލިބިގެންދާނެ އެވެ.
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ ކުދިންނަށް، ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 30 އަށްވުރެ ގިނަ ކުދިން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ.




ގުޅުންހުރި
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ