އެސްޓީއޯ އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 186 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން މިއަދު އާންމުކޮށްފައިވާ އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ ކުރީ ކުއާޓަރާ އަޅާބަލައި އިރު, އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ, ޖުމުލަ އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރި ރަނގަޅުވެ, ވިކުނު ތެލުގެ އަދަދު އިތުރުވުމުން ކަމަށެވެ. އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އަށް ޕަސެންޓް އިތުރުވި ކަމަށް ބުންޏެވެ.
ހިސާބުތައް ދައްކާ ގޮތުން އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައި 604 މިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު, ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނީ, ތިންވަނަ ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ރީކްލެސިފައި ކުރުމުން ހިންގުމުގެ ހަރަދު 367 މިލިއަން ރުފިޔާ އިން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައިވާ ކަމަށެވެ. އެއާއެކު ހިންގުމުގެ ފައިދާ 23 ޕަސެންޓް އިތުރުވެ, ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.
ހިސާބުތައް ދައްކާ ގޮތުން = ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް 230 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގައި ލިބިފައިވަނީ 186 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ ކުއާޓަރާ އަޅާބަލައި އިރު, 14 ޕަސެންޓުގެ އިތުރުވުމެކެވެ.




ގުޅުންހުރި
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި
އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް