މި ސަރުކާރުން ކޮޅަށް ޖަހާފައިވާނީ ބަނގުރޫޓުކޮށްލުމަށް ޑިޒައިންކޮށްފައިވާ އިގުތިސާދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކަކާ ހަވާލުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރެވިފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްގެން ކަމަށެވެ.
ރާއްޖޭގެ އިގުތިސާދު މިހާރު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާ ކަމަށާއި ފުން އަނދަވަޅައި، ޑިފޯލްޓްކުރުމަށް ޑިޒައިންކޮށްފައިވާ އިގުތިސާދެއް ކޮޅަށް ޖަހައި، މަޝްރޫއުތަކުގައި ސޮއިކުރުމާ ހަމައަށް އާދެވިފައިވާ ކަމަށެވެ. އަދި އިގުތިސާދުގައި ބުންވަރު ނެތް ނަމަ، މި ދުވަސް ނާންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހަވާލުކުރެވުނު ދުވަސް ކަމަށާއި 100 އަށްވުރެ ގިނަ ކުންފުންޏަކާ 206 މަޝްރޫއެއް މިއަދު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްވެސް ލަސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ވެސް އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރެވޭނެ ކަމަށާއި މިއަދު ހަވާލުކުރެވުނު މަސައްކަތްތައް ދާދި އަވަހަށް ފަށައި، މަސައްކަތްތައް އަވަހަށް ނިންމާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.




13 Comments
ގުޅުންހުރި
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރަނީ
ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި، ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ ހިމާޔަތެއް
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަންދުގައި ތިބޭ މީހުންނަށް މިހާރު ”ވާނުވާ“ އެނގޭނެ: ރައީސް