ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ ފޭސްބުކުގައި އިންޒާރު ދިން މީހާ ދިހަ އަހަރަށް ޖަލަަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ރައީސް ނަޝީދަށް އިންޒާރުދިން މައްސަލަ ސާބިތުވެ، ޖަލަށް ލާފައިވަނީ ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސްއެވެ.
ޔާފިސް ވަނީ 2021 ވަނަ އަހަރު ފޭސްބުކް މެދުވެރިކޮށާއި ފުުލުހުންގެ ތަހުގީގުގައި އަދި ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ނަޝީދު މަރާލާނެ ކަމަށްބުނެ އިންޒާރުދީފައިވާ ކަމަށް އައުތިރާފުވެފައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުގެ ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާއެވެ.
އެ ދައުވާތަކަށް އިއުތިރާފުވެ ޔާފިސް ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެހެންވެ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އިއްވާފައިވަނީ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ދިހަ އަހަރުގެ ޖަލު ހުކުމެކެވެ.
އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި ޔާފިސަށް އަންނާނީ ދެ އަހަރުގެ ޖަލު އަދަބެކެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމުގެ ދައުވާގައި ތިން އަހަރުގެ ޖަލު އަދަބެއް އަދި ޓެރަރިޒަމްގެ އަމަލެއްކުރުމަށް ހިތްވަރުދިނުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެކެވެ.




ގުޅުންހުރި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު