ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ދެންމެ ބުނީ، ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުރު 12:14 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނިފައިވަނީ ފިރިހެނެއް ކަމަށެވެ.
އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ނޭނގެ އެވެ. އަދި އޭނާ މަރުގައި އެއްވެސް ޞައްކު ކުރެވޭ ކަމެއް ހުރި ކަމެއް ނުވަތަ މިއީ ކޮން ކަހަލަ މަރެއް ކަމެއް ނޭނގެ އެވެ.



