ތޫފާން ”ޑިޓްވާ“ އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 25،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް ބީއެމްއެލްގެ ފަރާތުން މިއަދު 25،000 ޑޮލަރު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ބީއެމްއެލުން ބުނީ މި ދަތި ދަނޑިވަޅުގައި، ލަންކާގެ ރައްޔިތުންނާއެކު ދުއާތަކާއި ހެޔޮ އެދުންތައްވާ ކަމަށެވެ.
”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ގިނަ ފަރާތްތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ފަންޑަށް މިހާތަނަށް ވަނީ 2.9 މިލިއަން ރުފިޔާ އާއި 38،000 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
އެ އެހީތަކުގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ ލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރު ހަދިޔާކުރުމަށް ނިންމައިފައެވެ. އޭގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ވަނީ ނިންމައިފައެވެ.
ތޫފާން ”ޑިޓްވާ“ އާ ގުޅިގެން އެތައް ބަޔަކަށް ގެއްލުންވެ، މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ.




ގުޅުންހުރި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
މީހަކު 100 އަށްވުރެ ގިނަ ކާޑުގެ ޑޮލަރު ލިމިޓު ބޭނުންކުރި މައްސަލައާއެކު
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ