ތޫފާން ”ޑިޓްވާ“ އާ ގުޅިގެން އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމަށް އެހީގެ ގޮތުގައި އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް އެސްޓީއޯ ގްރޫޕުގެ ފަރާތުން ފޯރުކޮށްދޭ 250،000 ރުފިޔާގެ އެހީ މިއަދު ވަނީ ހަވާލުކޮށްފައެވެ.
އެ ފައިސާގެ އެހީއަކީ އެސްޓީއޯ ގްރޫޕުގައި ހިމެނޭ އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވް ގޭސް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ފަރާތުން ދޭ އެހީއެކެވެ.
”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގެ ފަންޑަށް މިހާތަނަށް ގިނަ ފަރާތްތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެ ފަންޑަށް މިހާތަނަށް ވަނީ 3.8 މިލިއަން ރުފިޔާ އާއި 38،000 އަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.
އެ އެހީތަކުގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ ލަންކާއަށް އެހީގެ ގޮތުގައި 50،000 ޑޮލަރު ހަދިޔާކުރުމަށް ނިންމައިފައެވެ. އޭގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ވަނީ ނިންމައިފައެވެ.
ތޫފާން ”ޑިޓްވާ“ އާ ގުޅިގެން އެތައް ބަޔަކަށް ގެއްލުންވެ، މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ.




ގުޅުންހުރި
އެސްޓީއޯއާއި އެއްއަގަށް ބާޒާރުގައި އޮރެންޖުގެ އަގު ތިރިވެއްޖެ
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް
މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް
އެލައިޑްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި