ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފައިސާގެ އެހީ، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ ހަވާލުކޮށްދެއްވީ އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.
ތޫފާން ”ޑިޓްވާ“ އާ ގުޅިގެން ލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރުގެ އިތުރުން 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ވެސް ނިންމައިފައެވެ.
އޭގެ އިތުރުން ދިވެހީންގެ ފަރާތުން ދޭ އެހީވުމުގެ ގޮތުން، ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ވަނީ ޓެލެތޯނެއް ވެސް ކުރިއަށްގެންގޮސްފައެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9 އިން އިއްޔެ މެންދުރު 2 ޖެހުމާ ހަމައަށް، 29 ގަޑިއިރަށް ކުރިއަށްގެންދިޔަ އެ ޓެލެތޯނަށް ޖުމުލަ 12،341،466.62 (12.3 މިލިއަން) ރުފިޔާ ވަނީ ލިބިފައެވެ. އެއީ 800،352 އެމެރިކާ ޑޮލަރެވެ.
ޕީއެސްއެމް އިން މިއަދު ވަނީ ލަންކާއަށް އެ އަށް ލައްކަ ޑޮލަރު ފޮނުވުމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.




ގުޅުންހުރި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު
ބީއެމްއެލުން ލަންކާއަށް އެހީގެ ގޮތުގައި 25،000 ޑޮލަރު
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200