މޯލްޑިވްސް އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖެއް، ފުލުހުންނާ ހަވާލުކުރަން އެންގެވީ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، އިމިގްރޭޝަންގެ ތެރެއިން ހިންގި ހިޔާނާތެއްގެ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކޮށްފައިވާ ފޭރުމުގެ ބައިވެރިވުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން އަދި މަނީ ލޯންޑަރިންގެ ދައުވާގައި، މިއަދު ކުރިމިނަލް ކޯޓުގައި އިމިގްރޭޝަންގެ މުވައްޒަފަކު ދީފައިވާ ހެކިބަހަކާ ގުޅިގެންނެވެ.
ހެކިބަސް ދެމުން އޭނާ ބުނީ އިިމިގްރޭޝަންގެ ސީސީޓީވީ ފޫޓޭޖުތަކެއް ފުލުހުންނާ ހަވާލުކުރަން އިހުސާން އެންގެވި ކަމަށާއި އިމިގްރޭޝަންގެ ފަރާތުން އެ ވީޑިއޯތައް ފުލުހުންނަށް ހަވާލުކޮށްފައިވަނީ އޭނާ ކަމަށެވެ.
ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އިހުސާންގެ ފަރާތުން ސީދާ އިރުޝާދެއް ލިބިފައި ނުވާ ކަމަށާއި އޭނާއަށް އެ އިރުޝާދު ލިބިފައިވަނީ އިމިގްރޭޝަންގެ އިންފޮމޭޝަން ޓެކްނޮލޮޖީ ހެޑުގެ ފަރާތުންކަމަށް ހެކިވެރިޔާ ބުންޏެވެ.
ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ އެއީ އިމިގްރޭޝަންގައި ހުންނަ ހެކިތަކެއް، ފުލުހުންނާ ހަވާލުކުރަން ޖެހޭ ރަސްމީ އިޖުރާއަތްތޯ ހެކިވެރިޔާއާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެމުން ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އަންގަނީ ފުލުހުން ކަމަށާއި ބައެއް ހާލަތްތަކުގައި އަވަހަށް ބޭނުންވާ ހާލަތެއްގައި މިނިސްޓަރު ނުވަތަ ފުލުހުންގެ އިސް ފަރާތަކުން އަންގައިގެންވެސް ދޭ ކަމަށެވެ.
މިނިސްޓަރު އިހުސާން ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަނާ ހަވާލުވެ ހުންނެވި މިނިސްޓަރެއްގެ ހައިސިއްޔަތުން އެއް އިދާރާއިން އަނެއް އިދާރާގައި އެދޭ ކަންކަން ލަސްވެ، ސަމާލުކަމަށް ގެންނަ ހިސާބުން އެކަމެއް ވީހާވެސް އަވަސް ކޮށްދިނުމަކީ ޒިންމާއެއް ކަމަށެވެ.
ފުލުހުން ވީޑިއޯ ފުޓޭޖަށް އެދުމުން އެ ފޯރުކޮށްދިނުން ލަސްވާނަމަ އެކަން ކޮށްދިނުމަށް އެންގުމަކީ ގޯހެއްކަމަށް ދޭހަވާގޮތަށް ވަކީލުންގެ ވާހަކަ ހުންނަ ކަމަށެވެ. އަދި ފުލުހުން އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިންނަމަ ވަކީލު ބުނާނީ ކީކޭތޯ އިހުސާން ސުވާލު އުފެއްދެވިއެވެ.
އިހުސާން ވިދާޅުވީ ގޯސްކޮށް ކަމެއް ހިނގީމަ އެކަން ގޯސް ނުވެ އެކަން ހިނގިތަން ފެންނަ ކެމެރާއާއި ފޫޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.




ގުޅުންހުރި
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް
ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ސަނީ އުމަރު ހައްޔަރުކޮށްފި
ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް
އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް އިހުސާންގެ އިހުސާންތެރިކަން
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި