ބޮޑުތަކުރުފާނު މަގުގެ ތާރު ނާޅާ އޮތް ބައި، ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން އެމްއެމްއޭ ކުރިމައްޗަށް އޮންނަ ސަރަހައްދުގެ އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލީ އިއްޔެ އެވެ.
މަޝްރޫއުގެ ދެވަނަ ސެގްމަންޓުގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަހައްދެކެވެ. އެ ސެގްމަންޓުގެ ވެސް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާކޮށް ތާރު އަޅާން ވަނީ ނިންމައިފަ އެވެ. މި ސެގްމަންޓުގެ މަސައްކަތް ނިމުމުން ބާޒާރުމަތީގައި ދެކޮޅަށް ދުއްވޭނެ އެވެ. މިހާރު ބާޒާރުމަތީގެ ބޮޑު ސަރަހައްދަކީ އެއްކޮޅަށް ދުއްވޭ ސަރަހައްދެވެ.
އާދީއްތަ ދުވަހުގެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މާލޭގެ މާރުކޭޓު ސަރަހައްދުގެ މަސައްކަތް ރޯދައިގެ ކުރިން ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.
”މާލޭގެ ބާޒާރު ސަރަހައްދު ވަރަށް ތޮއްޖެހޭ. އެ ސަރަހައްދުގެ މަގުތައް ފުޅާކޮށް ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަ ގޮތަށް ފުޅާކުރުމުގެ މަސައްކަތް ބާރަށް އެބަ ހިނގާ. މި ބަލަނީ ރޯދައިގެ ކުރިން ބަޒާރުމަތީގެ އެންމެ ބާރުބޮޑު ސަރަހައްދު ނިންމާލަން. އެއީ އެމްޕީއެލް ސަރަހައްދުން ފަށައިގެން އިއްޒުއްދީން ފާލަމާ ހަމައަށް،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް