މަގާމުތަކަށް އިންތިހާބު ވަނީ ވޯޓު ހޯދަން މަސައްކަތްތަކެއް ކޮށްދޭން ނޫން ކަމަށާއި ރައްޔިތުންގެ ހުރި މައްސަލަތައް ބަލައިގަނެ, އެ މީހުންނަށް އިހުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
”ދެންވެސް އާދަމް އާޒިމް“ގެ ނަމުގައި ވިލިމާލޭގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާއަވަހަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކަންތައްތައް ކޮށްދޭން ވާނީ އިންތިހާބާ ކައިރިކޮށްފައި ކަމަށް ބައެއް ސިޔާސީ ބޭފުޅުން ބުނާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކައިރިއަށް ދާންޖެހޭނީ ވޯޓު ހޯދަން ނޫން ކަމަށާއި މަސައްކަތް ކޮށްދޭންޖެހޭނީވެސް ވޯޓާ ޖެހުނީމައި ނޫން ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑު މި ބުނަނީ އަޅުގަނޑު ދެވަނަ ދައުރަކަށް އިންތިހާބުވާން އަންނާނީ އަބަދުވެސް ކަމެއް ކޮށްދީފައޭ. ހުސްއަތަކާ ނާންނާނަމޭ. މާލެ ސިޓީ ރައްޔިތުން ކައިރިއަށް, ހުޅުމާލެ ރައްޔިތުން ކައިރިއަށް, ވިލިމާލެ ރައްޔިތުން ކައިރިއަށް އެެންމެ ދޮޅު އަހަރު ތެރޭގައި އަޅުގަނޑުމެން މި އަންނަނީ ކަންތައްތައް ކޮށްދީފައި. އިތުބާރު ހޯދައިގެން އަޅުގަނޑުމެން އަންނަންޖެހޭނީ. ކަމެއް ނުކޮށްދީ އައިސްގެން ނުވާނެ. އަޅުގަނޑު މިތަނަކަށް އައިސް ނުހުރީމުސް މިއަދު އަޅުގަނޑަށް ކަންތައްތައް ނުކޮށްދެވުނު ނަމައެއް. އުޒުރު ދައްކާ މީހުން އުޅޭނަމަ ވަރަށް. އެ ސަރުކާރޭ މި ސަރުކާރޭ, އަޅުގަނޑު އުޒުރު ދައްކާކަށް ނެތިން,“
އޭނާ ވިދާޅުވީ, މޭޔަރު ކަމަށް ކުރިމަތިލީ ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެންމެންނާ ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ވިސްނުންތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.




ގުޅުންހުރި
މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ރައީސް ދުވާފަރަށް
ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު