މާލޭ ސިޓީގެ މިހާރު ކައުންސިލަރުން ޝަރުތު ފުރިހަމަވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ދިމްޔާތުގެ ބަދިގެ ބަލަހައްޓަން ކަމަށް ވިދާޅުވެ، ޕީއެންސީގެ ކައުންސިލަރުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފާޑުވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ”ރީސެޓް“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ އިންޓާނަލް އޮޑިޓެއް ނަހަދާތާ ދިހަ އަހަރު ވެފައިވާ ކަމަށާއި ބިމާ ގުޅޭ މައްސަލަ އެޖެންޑާކުރުމުން ވެސް ޕީއެންސީގެ ކައުންސިލަރުން ބައްދަލުވުން ދޫކޮށްލާފައިދާ ކަމަށެވެ.
”މިއިން އެއްވެސް މީހަކު ކޮލިފައެއް ނުވޭ މާލޭ ސިޓީ ކައުންސިލަރު ކަމަކަށް. އެހެނެއް ނޫން، ދިމްޔާތުގެ ބަދިގެ ބަލަހައްޓަން ހަމަ ވަރަށް އެލިޖިބަލް. މުއިއްޒު ވިދާޅުވި ކަމެއް އެ ވިދާޅުވާ ގޮތަކަށް ކުރައްވަން ވަރަށް އެލިޖިބަލް،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މިހާރުގެ ކައުންސިލަރުން މާލޭ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ޝަރުތު ހަމަނުވާ ކަމަށެވެ. އަދި ބިމުގެ މައްސަލަ ބެލުމުގައި ލަސްވެފައިވާ ކަމަށްބުނެ، މިހާރު މޭޔަރު އާދަމް އާޒިމަށް ވެސް ފާޑުވިދާޅުވިއެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމަށް ވަޑައިގެންނެވުމުން، ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ދޫކޮށްލެވުމަށް އެދިވަޑައިގެންނެވި ނަމަވެސް، ރައީސް މުއިއްޒު އެކަމަށް ދެކޮޅު ހެއްދެވި ކަމަށާއި އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލު ”ފްލޮޕް“ ވެގެންދިޔަ ކަމަށް ޔާމީން ވިދާޅުވިއެވެ.




7 Comments
ގުޅުންހުރި
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް