ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭ ކަމަށް ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ”ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ“ އިން ނެގި ޕޯލަކުން ދައްކައިފި އެވެ.
މިދިޔަ ނޮވެމްބަރު 23 އިން ޑިސެންބަރު 1 ގެ ނިޔަލަށް ކުރި އެ ދިރާސާގައި ނެގި ޕޯލުގައި ރެންޑަމްކޮށް ޖުމުލަ 9,921 މީހަކަށް ގުޅި އިރު, އޭގެ ތެރެއިން 391 މީހަކު ޕޯލަށް ޖަވާބު ދިނެވެ.
އެ ތިންކް ޓޭންކުން ބުނީ, ރާއްޖޭގެ ވޯޓުލެވޭ އާބާދީ ކަމަށްވާ 274,625 އަށް ބަލާއިރު, 95 ޕަސެންޓް ކޮންފިޑެންސެއް އޮތް ނަރީޖާއެއް ނެރުމަށް ބޭނުންވަނީ 384 މީހުންގެ ޖަވާބު ކަމަށެވެ. އެ ޕޯލްގެ މާޖިން އޮފް އެރޯއަކީ ފަސް ޕަސެންޓް ކަމަށް އެ ތިންކް ޓޭންކުން ބުންޏެވެ.
ޕޯލްގެ ބައިވެރިންގެ ތެރެއިން ރައީސް މުއިއްޒަށް ތާއީދުކުރާ ކަމަށް 62 ޕަސެންޓު މީހުން ބުނި އިރު, އޭގެ ތެރެއިން އެ މަނިކުފާނުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް 21 ޕަސެންޓު މީހުން އަދި 41 ޕަސެންޓް މީހުން ހިތްހަމަޖެހޭ ކަމަށް ބުނެފައިވެ އެވެ.
ރައީސް މުއިއްޒަށް ތާއީދުނުކުރާ ކަމަށް ބުނީ 38 ޕަސެންޓު މީހުންނެވެ. އޭގެތެރޭގައި ވަރަށް ބޮޑަށް ތާއީދުނުކުރާ ކަމަށް ބުނި 19 ޕަސެންޓު މީހުން ހިމެނެ އެވެ.
އެ ނަތީޖާއާ އެކު، ރައީސް މުއިއްޒަށް ލިބިފައި ވަނީ 24+ ނެޓް އެޕްރޫވަލް ރޭޓިންއެއް ކަމަށް ބާނީން ބުންޏެވެ.




6 Comments
ގުޅުންހުރި
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް