ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައިވާ އޮއްވައި ފެނިފައިވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރަށް
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ
ފުލުހުންގެ ވެހިކަލު މައްޗަށް އަރައި ހެދި ޓިކްޓޮކް ވީޑިއޯ އާންމުނުކުރުމަށް އަންގައިފި
ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައިގައި ދިހަ މީހަކު ހައްޔަރުކޮށްފި