ޗުއްޓީއަށް ގޮސް އުޅޭއިރު އެކްސިޑެންޓެއް ދިމާވުން ނުވަތަ ކުއްލިއަކަށް ބަލިވުމަކީ ވެދާނެ ކަމެކެވެ. ޕާސްޕޯޓު ނުވަތަ ދަތުރު ލިޔުންތައް އަދި ދަތުރަށް ގެންދިޔަ ލަގެޖު ގެއްލުން ފަދަ ކަންކަމަކީވެސް ވެފައިހުރި ކަންކަމެވެ. ނަމަވެސް މިފަދަ ކަމެއް ދިމާވެދާނެކަމަށް ތައްޔާރުވަނީ މަދު ބައެކެވެ. ނަތީޖާއަކީ އަމިއްލަ ޖީބުން އެތައް ހާސް ރުފިޔާއެއް ހޭދަކުރަން ޖެހުމެވެ. އުފަލާއި މަޖަލަށް ދިޔަ ދަތުރު ހިތާމައާއި މާޔޫސް ކަމަށް ބަދަލުވުމެވެ.
އެހެންކަމުން ޗުއްޓީއަށް ފުރުމުގެ ކުރިން ވިސްނާލަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ޓްރެވަލް އިންޝުއަރެންސުގެ މުހިންމުކަމެވެ. ރާއްޖޭގައި ނަމަ އެލައިޑް ތަކާފުލްގެ ޓްރެވަލް ތަކާފުލް ނެގުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.
ޓްރެވަލް ތަކާފުލްއަކީ ދަތުރު މަތީގައި ދިމާވެދާނެ އެކި ކަހަލަ ކުއްލި ހާލަތްތަކުން ރައްކާތެރިކޮށް ދިނުމަށް އެލައިޑް ތަކާފުލްއިން ތައްޔާރުކޮށްފައިވާ އަގުހެޔޮ ޕްލޭނެކެވެ. މި ޕްލޭންގެ އެންމެ މުހިންމު ކަމަކީ ދަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ދަތުރުމަތީގައި ކުރަންޖެހޭ ފިކުރު ކުޑަކޮށްދީ އިތުބާރާއި ޔަގީންކަން ހޯދައިދިނުމެވެ.
މި ޕްލޭންގެ ދަށުން ކުއްލި ޞިއްޙީ ކަންކަމަށް ކުރަންޖެހޭ ޚަރަދު، ޕާސްޕޯޓް ނުވަތަ ދަތުރުގެ ލިޔުންތައް ގެއްލިއްޖެ ނަމަ ހިނގާ ޚަރަދު، ގެއްލޭ ލަގެޖު ނުވަތަ އަގުހުރި މުދަލުގެ ބަދަލު ނުވަތަ ފުރަން އޮތް ފްލައިޓު ކެންސަލްވެއްޖެނަމަ ނުވަތަ ފްލައިޓު ފުރުން ލަސްވެއްޖެ ނަމަ ކުރިމަތިލާންޖެހޭ މާލީ ގޮންޖެހުންތަކުގެ އިތުރުން ޤާނޫނީ އެހީތެރިކަމަށާއި ހައިޖެކަށްވެސް ބަދަލު ލިބޭނެއެވެ.
އޭގެ އިތުރުން އޮޕްޝަނަލް ކަވަރޭޖުތަކެއްވެސް މި ޕްލޭންގައި ހިމެނެއެވެ. އެގޮތުން ފައިސާ ގެއްލުމުން އޭގެ ބަދަލު، ވިޔަފާރި ދަތުރުތަކުގެ ކަވަރޭޖު، ވިންޓަރ ސްޕޯޓްސް އަދި ގޮލްފު ކަވަރޭޖު، ސިޔާސީ ހަމަނުޖެހުމެއް ނުވަތަ ޤުދުރަތީ ކާރިސާއެއް ހިނގުމާ ގުޅިގެން އިވެކުއޭޓުކުރަން ޖެހުން، އަދި ކޮވިޑް-19 ކަވަރޭޖު ފަދަ ކަންކަން ޓްރެވަލް ތަކާފުލް ޕްލޭނުގައި ހިމެނެއެވެ.
މި ޕްލޭންގައި ތިން ގިންތިއެއް ހިމެނޭއިރު މިއިން ކޮންމެ ގިންތިއަކަށް ލިބޭ ބަދަލު ތަފާތެވެ. އެގޮތުން ބަދަލު ދިނުމުގައި ބަހާލާފައިވާ ގިންތިތަކަކީ:
- ޕްރިމިއަމް: ދުނިޔޭގެ ހުރިހާ ޤައުމެއް
- އެލީޓް: އެމެރިކާ އަދި ކެނެޑާ ފިޔަވާ ދުނިޔޭގެ ހުރިހާ ޤައުމެއް
- ކޮންޓިނެންޓަލް: އޭޝިއާގެ ހުރިހާ ޤައުމެއް
އެލައިޑްގެ ”މައި އެލައިޑް“ ޕޯޓަލް މެދުވެރިކޮށް ފަސޭހައިން، އޮންލައިންކޮށް ޓްރެވަލް ތަކާފުލް ނަންގަވާލެވޭއިރު، ދަތުރުގެ މަންޒިލާއި ކުރާ ޚަރަދާއި ހޭދަވާނެ ދުވަހަށް ބަލައި އެންމެ އެކަށޭނެ ޕްލޭން ޚިޔާރު ކުރުމުގެ ފުރުސަތު ލިބިދެއެވެ.
ޗުއްޓީ ދަތުރަކީ ފިކުރު ކުޑަ، ރައްކާތެރި، ނިޔާމަ ދަތުރަކަށް ވާން އެންމެންވެސް ބޭނުންވާނެއެވެ. އެހެންކަމުން ކުރިއަށް ވިސްނާ ދަތުރުމަތީގައި ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ހުށިޔާރު ވުމަކީ އެންމެ މުހިންމު ކަންތަކެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނަނީ އެހެންވެގެންނެވެ.




ގުޅުންހުރި
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
”އެލައިޑް ފެސްޓް“ ސީރީޒްގެ މާލޭ އެޑިޝަން މިއަދާއި މާދަމާ އާޓިފިޝަލް ބީޗްގައި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
އެސްޓީއޯއާއި ހިޓާޗީގެ ވަރުގަދަ ގުޅުމަށް 25 އަހަރު ފާހަގަކުރަން ކުލަގަދަ ހަފުލާއެއް
ޕަބްލިކް ލަޔަބިލިޓީ އިންޝުއަރެންސް; ވޯޓާސްޕޯޓްސް ސެންޓަރުތަކަށް ފުރިހަމަ ރައްކާތެރިކަން