މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ ރާއްޖެ އަތުވެއްޖެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ’އެމްއެސް ކްރިސްޓަލް ސިމްފަނީ‘ ރާއްޖެ އައި މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ސީޝެލްސްގެ މަހޭއިން ފުރައިގެން ރާއްޖެ އައި ކްރޫޒްލައިނާ އެކެވެ.
މި ކްރޫޒްލައިނާ އިން 479 ފަތުރުވެރިންނާއި 491 ކްރޫއިން ރާއްޖެ އައިސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ބަހާމާސްއަށް ނިސްބަތްވާ ކްރިސްޓަލް ސިމްފަނީއަކީ އެމެރިކާގެ ކްރޫސް ލައިން ކުންފުންޏެއް ކަމަށްވާ ކްރިސްޓަލް ކްރޫސަސްއަށް ނިސްބަތްވާ ކްރޫޒްލައިނާއެކެވެ. މިއީ އެ ކުންފުނީގެ ދަށުން އޮޕަރޭޓްކުރާ އެންމެ ދުވަސްވީ ކްރޫޒްލައިނާ އެވެ.



