ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ”މޯލްޑިވްސް ޑިޖިޓަލް ސާވިސް“ އުފައްދަވައިފިއެވެ.
އެ އިދާރާއަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) ރައީސް ވަނީ މިއަދު އުވައިލައްވައިފިއެވެ. އެކަން އިއުލާންކުރީ މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.
”މޯލްޑިވްސް ޑިޖިޓަލް ސާވިސް“ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ އެންސީއައިޓީ މިއަދުން ފެށިގެން އުވައިލައްވާފައިވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ ”މޯލްޑިވްސް ޑިޖިޓަލް ސާވިސް“ ރައީސް އުފެއްދެވީ، ޑިޖިޓަލް-ފަސްޓް ނޭޝަން ތަސައްވުރާ ގުޅޭގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު 25 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައި މަޝްވަރާކުރައްވައިފައިވާ ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓު ތަންފީޒުކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި، ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގު ޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކީ، މޯލްޑިވްސް ޑިޖިޓަލް ސާވިސް ކަމުގައި ހަމަޖެއްސުމަށް ނިންމާފައިވާތީ ކަމަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދެވުމާ ގުޅިގެން، ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، އެންސީއައިޓީން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރަމުން ގެންދަވާނީވެސް، މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.




ގުޅުންހުރި
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް