ރަސްފަންނު ސަރަހައްދުގެ މޫދުން ތޫނު އިތާތަކެއް ފެނިއްޖެއެވެ.
އެކަން ފާހަގަކުރައްވައި ގިޔާސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް ހުރުމުން އެކަމަށް ސަމާލުވާން އެދޭ ކަމަށެވެ.
މުސްތަފާ ހިއްސާކުރައްވާފައިވާ އިތާތަކުގެ ފޮޓޯތަކުން އެނގޭގޮތުގައި އެއީ ކޮޅު ވަރަށް ތޫނުކޮށް ހުންނަ ”ފޭން ކްލޭމް“ އެވެ. މުސްތަފާ ވަނީ އެންމެ ގިނައިން އިތާތައް އޮތް ސަރަހައްދު މެޕެއްގައި ފާހަގަކޮށްދެއްވައިފައެެވެ. އެއީ ރަސްފަންނުގެ ރެސްޓޯރަންޓުގެ މޫދާ ދިމާލެވެ.

މުސްތަފާ ވިދާޅުވީ އިތާތައް ހުރީ މޫދުގެ ވެލިގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި ކަމަށާއި އެއީ ވަރަށް ތޫނުކޮށް ހުންނަ އެއްޗަކަށް ވާތީ، މޫދުގެ ވެލިގަނޑުމަތިން ހިނގާއިރު އެއަށް އެރި ފައި ކަނޑައިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.
ގިނަ ބަޔަކު އެ ތަކެތި ނަގާ ނަމަ، އެތަނުން އިތާތައް ހުސްކުރެވޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.




ގުޅުންހުރި