ބަންޑުން ޖަހާލި މުދާ އުފުލާ ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ”ބަލްމާ 6“ ނަމަކަށް ކިޔާ އެ މުދާ އުފުލާ ދޯނި ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:27 އެހާކަންހާއިރު ކަމަށެވެ.
ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެއީ ދިވެއްސަކާއި ބަންގުލަދޭޝް މީހެކެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ތާޖް އެގްޒޯޓިކާ ކައިރިން ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލުނު ބަނގުލަދޭޝް މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.




ގުޅުންހުރި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ފުލުހުން ހުއިފިލަނޑާ ވިއްކަނީ
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ