ވަގަށް ނަގާފައިވާ އަލަ ގޯންޏެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.
އެ އަލަ ގޯނީގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފައިވަނީ، އައްޑޫ ސިޓީ ޕޮލިހުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައެވެ.
އައްޑޫ ސިޓީ ޕޮލިހުގެ ޕޯސްޓުގައި ބުނީ އިއްޔެ ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އަލަ ގޯންޏެއް ހިފައިގެން އުޅޭ މީހަކު ފޭދޫއިން ފެނިގެން، އެ މީހާ ހިފަހައްޓައި، އެ އަލަ ގޯނި އައްޑޫ ސިޓީ ގަން ޕޮލިހަށް ގެނެވިފައިވާ ކަމަށެވެ.
އެ އަލަ ގޯނީގެ ވެރިފަރާތެއްވާ ނަމަ، ގަން ޕޮލިހުގެ ނަމްބަރު 125 އަށް ގުޅައި، އެ ތަކެތި ގެންދިއުމަށް އައްޑޫ ސިޓީ ޕޮލިހުން ވަނީ އެދިފައެވެ.


