އިރާނުން އިޒްރޭލަށް މިސައިލު ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އިޒްރޭލާ ގުޅިގެން އެމެރިކާއިން އިރާނަށް ހަމަލާދިނުމާ ގުޅިގެން ހަނގުރާމައެއް ވަނީ ފެށިފައެވެ. އަދި ބަދަލުގައި މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްއަކަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އޭގެ ފަހުން އިޒްރޭލްގެ ސިފައިން ބުނެފައިވާ ގޮތުގައި، އިރާނަށް އިތުރު ހަމަލާތަކެއް ވަނީ ފޮނުވާލައިފައެވެ. އަދި ގާތްގަނޑަކަށް 200 ހަނގުރާމަމަތީ މަތިންދާބޯޓު ބޭނުންކޮށްގެން، އީރާނުގެ ހުޅަނގާއި މެދުތެރޭ ސަރަހައްދުތަކުގައި ހުރި އެ ގައުމުގެ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް އިޒްރޭލުގެ ސިފައިން ބުންޏެވެ.
އިރާނުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުން ވެސް ވަނީ އިޒްރޭލަށް މިސައިލު ހަމަލާތަކެއް ފޮނުވާލައިފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އިރާނަށް ހަމަލާދެނީ އެމެރިކާ ރައްޔިތުންގެ ރައްކާތެރިކަމަށެވެ. އަދި އިރާނުގެ ވެރިކަން ވައްޓާލައި، ވެރިކަން ބަދަލުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.




ގުޅުންހުރި
ހަނގުރާމައާ ގުޅިގެން ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް
ގިނަ ބަޔަކު ވީއައިއޭގައި ތާށިވެފައި، އެމްއޭސީއެލުން އެދުނީ ފްލައިޓުތަކުގެ މައުލޫމާތު ސާފުކުރަން
މެދުއިރުމަތީގެ ގައުމުތަކުގައި އުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމެރިކާގެ ހަމަލާ ސްކޫލަކަށް އަމާޒުވެ، އިރާނުގެ ފަސް ކުއްޖަކު މަރުވެއްޖެ
އެމެރިކާ އާއި އިރާނުގެ ހަމަލާތައް ކުރިއަށް، ގަލްފްގެ ގައުމުތަކުގައި ގޮވުންތައް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް