”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ލިބުނު ކަމަށް ދެއްކުމަށް، ސައްހަ ނޫން ލިޔެކިޔުންތަކެއް ހެދި މައްސަލައިގައި އެމްޑަބްލިޔުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ”ބިންވެރިޔާ“ ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާ ކަމަށް ދައްކައި ސައްހަ ނޫން ލިޔެކިޔުން ހަދައިގެން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހުށަހަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގ. ޕޫލްބަހާރުއާގެ، އަހުމަދު އަތީގު އަބްދުﷲ އަދި ނ. ވެލިދޫ، ޑޭޒީމާގެ އަހުމަދު މާޒިންގެ މައްޗަށެވެ. އަދި ސައްހ ނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މ. ފަޅުމަތީގެ، އަރުޝަދު އަލީގެ މައްޗަށެވެ.
އޭގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ނުވަ މީހެއްގެ މައްޗަށް ވަނީ އުފުލައިފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ހިމެނެއެވެ.
ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި މީހުން:
- ސ. ހިތަދޫ، ހަޒާރުމާގެ، މަރްޔަމް ސާޢީ
- މ. ޒޭވަރު، މުހައްމަދު ފަޒީލް ރަޝީދު
- ޏ. ފުވައްމުލައް، ދޫޑިގަން، ދިލް، އީމާ ވަހީދު
- ދަފްތަރު. ނަންބަރު ރސ 9044، އާއިޝަތު މައުރޫފާ
- ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46، މުހައްމަދު އާދަމް
- ހއ. ދިއްދޫ، ޖަމީލާ، އަބްދުލްމަޖީދު މާހިރު
- މ. ވެސްޓްކޯސްޓް، ހުސައިން ޒާހިރު ޒައިނު
- މ. ފަޅުމަތީގެ، އަޝްހަދު އަލީ
- މ. ފަޅުމަތީގެ، އަހުމަދު އަލީ




ގުޅުންހުރި
މުޒާހަރާއާ ގުޅިގެން މައުރޫފް ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފި
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި