މަސްތުވާތަކެތީގައި މައްސަލައެއްގައި ތައިލެންޑު ޖަލެއްގައި ބަންދުގައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ތ. ގުރައިދޫ، ފުނާރު، އިބްރާހިމް ނަބީހު ނަސީމް (22އ) ޖަލުގައި ހުއްޓައި ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަބީހު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.



