ހިޓާޗީ: ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑުގެ ގޮތުގައި 25 އަހަރު

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުމެވެ. ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ހިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެކެވެ.

ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީއެވެ. މިގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.

ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ކަރަންޓު ހަރަދު ކުޑަކޮށްދޭ ’އިންވާޓާ‘ ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ ’ވެކިއުމް ކޮމްޕާޓްމަންޓް‘ ފަދަ ސިފަތައް ހިމެނެއެވެ.

މީގެ އިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެކެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓައިފައެވެ. މިއަދު ދިވެހި ކޮންމެ އާއިލާއަކުންވެސް އާ ރެފުރިޖުރޭޓަރެއް ގަންނަން ބޭނުންވާ އިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި، އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރުތަކަކީ ގިނަ އޭގެ ޑިޒައިނަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ ’ސްކައިލައިން ސައިޑް ބައި ސައިޑް‘ ރެފުރިޖަރޭޓަރަށް ވަނީ ’އައި އެފް‘ ގެ ޑިޒައިން އެވޯޑު ލިބިފައެވެ. އަދި 2025 ވަނަ އަހަރު ރީޑާޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވޯޑް ވެސް ލިބިފައިވަނީ ހިޓާޗީ ރެފުރިޖަރޭޓަރަށެވެ.

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއެކެވެ.

ހިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނެއެވެ.