ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެ

ށ. އަތޮޅަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ށ. ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވެއްޖެއެވެ.

މޫސާ ރަމީޒް އަވަހާރަވުމް ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާ ދަންނަވައިފައެވެ.

މޫސާ ރަމީޒަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި އަދި ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރެއްވިއެވެ.

މޫސާ ރަމީޒް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް މަސައްކަތްކުރައްވައިފައެވެ.