”އައިޝާ“ ޑޮކިއުމެންޓަރީ މައްސަލައިގައި ފުލުހުން އަދަދު އޮފީސް ބަލައި ފާސްކުރަނީ

”އަދަދު“ ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ބައެއް ފުލުހުން އަދަދު ނޫހުގެ އޮފީހުގެ ތެރޭގައި ބަލައި ފާސްކުރުމުގެ މަސައްކަތްކުރަމުންދާ އިރު، އެތެރެއަށް ބަޔަކަށް ނުވަދެވޭ ގޮތަށް ބައެއް ފުލުހުން ތިބީ ބޭރުގައެވެ.

އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކުރަމުންދަނީ ”އައިޝާ“ ނަމުގައި ހެދި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ފުލުހުން ބަހެއް ބުނެފައެއް ނުވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތުހުމަތުތައް ރައީސް ދޮގުކުރެއްވިއެވެ.