”އަދަދު“ ނޫހުގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށްފި 

އަދަދު ނޫހުގެ ސީއީއޯ ފިޔާޒް --

”އަދަދު“ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ފުރުން މަނާކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫސް، މިރޭގެ ވަގުތެއްގައި ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ގުޅޭގޮތުން އެ ނޫހުން ނެރުނު ޑޮކިއުމެންޓަރީއަކާ ގުޅިގެންނެވެ.

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރުން — ހަފްތާ ފޮޓޯ

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ފިޔާޒް ރާއްޖެއިން ބޭރަށް ފުރަން އުޅޭކަމަށް އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އޭނާ ފުރުން މަނާކުރާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން މިރޭ ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަމުންދާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ތުހުމަތުތައް ރައީސް ދޮގުކުރެއްވިއެވެ.