ސިނަމާލެ ބުރިޖު ހައިވޭގައި، ރޭގައި ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާފިރިހެނެކެވެ. ފުލުހުން ބުނީ އެއީ 50 އަހަރުގެ މީހެއްކަމަށެވެ.
އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:12 ހާއިރު ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.









