ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހަށްދަކަށް ޔެލޯ އެލާޓް

ފޮޓޯ: މެޓް

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހަށްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުންޏެވެ.

މިއާއެކު ރާޅުތަކުގެގެ އުސްމިން ހުންނާނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.