މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް، ފުލުހުން ހަރަކާތްތެރިވަނީ

މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް، ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.