އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ފިލި ގައިދީއަކު ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފި އެވެ.
ހޯދަމުންދަނީ ލ. މާބައިދޫ/ ޝަބްނަމް ހައުސް، ހުސެއިން ޝަހުބާން އެވެ. އޭނާ ޖަލަށް ލާފައި ހުރީ ކޮން މައްސަލައެއްގައި ކަމެއް ނުބުނެ އެވެ.
ކަރެކްޝަންސް އިން ބުނީ، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ޝަހުބާން ފިލާފައިވަނީ އޭނާއަށް އަވަސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް ކަމަށެވެ.
އޭނާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ، ލަސްނުކޮށް ޕޮލިސް 3322111 އަށް ގުޅުމަށް ކަރެކްޝަނުން އެދެ އެވެ.







