ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މެރިން ފުލުހުން މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ 6:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް މެރިން ފުލުހުންނާއި ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ.

އެކަމުގެ އިތުރު މައުލޫމާތެއް، އަދި ގެއްލުނު މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.