16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އަޕާ ސައުތް ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް ހިންގިކަމުގެ ތުހުމަތުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.