ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނ. މާޅެންދޫ އާއި އެ އަތޮޅު ކުޑަފަރި އަދި ހެނބަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ.
މިއީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް މި ސަރުކާރުން ކަނޑައެޅި އަމާޒުގެ ދަށުން ކުރީގެ ސިޓީތަކާ ގުޅޭ މިނިސްޓްރީން 29 މާރިޗް 2025 ގައި ފެނަކައާ ހަވާލުކުރި މަޝްރޫއުތަކެކެވެ.
އެ ފަހަރު ފެނަކައާ ހަވާލުކުރީ ހަ ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށެވެ. އެ ރަށްތަކަކީ މާޅެންދޫ, ކުޑަފަރި އަދި ހެނބަދޫގެ އިތުރުން ށ. ވީފަށް, މ. ވޭވަށް އަދި މ. މަޑުއްވަރި އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން މާޅެންދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މިދިޔަ ޖުލައި 18 ގައި އަދި ކުޑަފަރީ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރުގެ މޭ ހައެއްގައި ނިންމާލި އިރު, ހެނބަދޫ ކުޑަކުދިންގެ ޕާކު ނިންމާލީ ޖޫން އަށެއްގައެވެ.
މި މަޝްރޫއުތަކުގެ ދަށުން ފެނަކައިން ވަނީ ޕާކުތަކުގެ ލޭންޑްސްކޭޕިން މަސައްކަތްތަކާއި ޕާކަށް ބޭނުންވާ ޕާކްސެޓްތައް ސަޕްލައިކޮށް އިންސްޓޯލްކޮށްފަ އެވެ.


