އިސްލާމްދީނުގެ ކަންކަމުގައާއި ދިފާއީ އެކިއެކި ކަންކަމުގައި އެއްބާރުލުން ދޭން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ދެ ގައުމުން މި އެމްއޯޔޫތަކުގައި ސޮއިކުރީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.
ދީނީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެ އެމްއޯޔޫގައި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޖުހާރީ ބިން އަބްދުލް ޣަނީ އެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.


