އެލައިޑް ތަކާފުލްގެ ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް: އުޅަނދު ވަގަށް ނެގުމުންވެސް ބަދަލު ލިބޭ!

ރައީސް އޮފީސް ކައިރީގައި އޮންނަ ޕާކިން ޒޯނުގައި ގިނަ އަދަދެއްގެ ސައިކަލު ޕާކުކޮށްފައި ---

މިހާރު މާލޭގެ މަގުތަކުގެ ހާލަތަށް ބަލައި އާދައިގެ އިންޝުއަރެންސް ޕްލޭނަކުން ފުއްދާލެވޭކަށް ނެތެވެ. އެކްސިޑެންޓެއް ނުހިގާ ދުވަހެއް ނުދެ އެވެ. އެކަމުގެ ސަބަބުން ތިމާއަށާއި އަނެކާއަށް ލިބޭ އަނިޔާގެ އިތުރުން މުދަލަށް ލިބޭ ގެއްލުންވެސް އެހާމެ ބޮޑެވެ. ނުވިތާކަށް އަގުބޮޑުކޮށް ގަންނަ ސައިކަލުވެސް ވަގަށް ނެގުން ދަނީ އިތުރުވަމުންނެވެ.

އެހެންކަމުން އެއްގަމު އުޅަނދު ދުއްވާ ކޮންމެ މީހަކުވެސް މުހިންމު ނިންމުމެއް ނިންމަންޖެހެ އެވެ. އުޅަދުނގެ ރައްކާތެރިކަމަށާއި ތިބާގެ ރައްކާތެރިކަމަށް އެންމެ ރަނގަޅު ޕްލޭނަކީ ކޮބައިކަމެވެ. އެގޮތުން ބަލާނަމަ ނަގަންވީ އެލައިޑް ތަކާފުލްގެ ކޮމްޕްރެހެންސިވް މޮޓޯ ތަކާފުލް އެވެ. މިއީ އަމިއްލަ މީހާއަށާއި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުންތަކުގެ ބަދަލުދޭ ޕްލޭނެކެވެ.

މި ޕްލޭނުން ތިން ވައްތަރެއްގެ ކަވަރޭޖެއް ލިބެ އެވެ. އެއީ:

  • ތާޑް ޕާޓީ މޮޓޯ ލައިބިލިޓީ ތަކާފުލް
  • ކޮމްޕްރިހެންސިވް މޮޓޯރ ތަކާފުލް (ވެހިކަލް ވަގަށް ނެގުމުން ލިބޭ މާލީ ގެއްލުމުގެ ރައްކާތެރިކަން ނުހިމެނޭ ގޮތަށް)
  • ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް  (ވެހިކަލް ވަގަށް ނެގުމުން ލިބޭ މާލީ ގެއްލުމުގެ ރައްކާތެރިކަން ވެސް ހިމެނޭ ގޮތަށް)

ތާޑް ޕާޓީ މޮޓޯ ލައިބިލިޓީ ތަކާފުލްއަކީ ހަމައެކަނި ތިންވަނަ ފަރާތަށާއި އޭނާގެ އުޅަނދަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދޭ ޕްލޭނެކެވެ. ނަމަވެސް ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލް އިން އެކްސިޑެންޓްތަކުގައި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމުގެ އިތުރުން އަމިއްލަ މީހާގެ އުޅަނދަށް ނުވަތަ ތަނަކަށް ލިބޭ ގެއްލުންވެސް ހިމެނެ އެވެ.

އޭގެ އިތުރުން އެޑް އޮންއެއްގެ ގޮތުގައި ކޮމްޕްރިހެންސިވް މޮޓޯ ތަކާފުލްގައި ވެހިކަލް ވަގަށް ނެގުމުން އެ ވެހިކަލްގެ އަގާ އެއްވަރުގެ ބަދަލެއް ލިބެ އެވެ. އަދި ތިމާއަށް ލިބޭ ގެއްލުމަށް 60,000ރ. އާ ހަމައަށްވެސް ބަދަލު ލިބެ އެވެ.