ސެޕްޓެމްބަރ 21, 2024

އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތަށް ހުޅުވާލައިފި، އެއްވަނަ އިނާމަކަށް ބައި ލައްކަ ރުފިޔާގެ މަކިޓާ ޓޫލްސް

މަކިޓާ ޕަވާޓޫލްސް ބޭނުންކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެންދާ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް، އެސްޓީއޯ ’މަކިޓާ ހެއްޔާ‘ ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

މުބާރާތުގެ އިނާމުތައް

  • 1 ވަނަ އިނާމް: 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
  • 2 ވަނަ އިނާމް: 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު
  • 3 ވަނަ އިނާމް: 20،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު

 

މުބާރާތުގައި ރަޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ ގޮތްތަށް:

  • ވައިބާ: 7980240
  • އެސްޓީއޯ މަކިޓާ ޝޯރޫމް ކައުންޓަރަށް
  • އީމެއިލް: makita@sto.mv

 

އެސްޓީއޯ އިން ބުނީ، ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރީންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

އަދި އެސްޓީއޯގެ މަގުސަދަކީ އެ ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމައުއަށް ނެރެދީ، އެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށްވެސް ބުންޏެވެ.

މުބާރާތުގެ ގަވާއިދު އަދި އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް sto.mv/Downloads