ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައުވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މާއުގޫދޫގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މީގެ އިތުރުން، ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓް ތަކެއް ސައިޓަށް ގެންދެވި، އަންލޯޑު ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ހަމަޖެހިފައިވާއިރު، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
މުއްޔާއި މަނަދޫގެ އާ ހޮސްޕިޓަލް ހަދަން 370 މިލިއަން ރުފިޔާއަށް އެމްޓީސީސީ
ޗައިނާ އާއެކު ސޮއިކޮށްފައި އޮތް އަލިފުށި އާ ހޮސްޕިޓަލް މަޝްރޫއުގައި އަނެއްކާވެސް
ވ. ތިނަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ހިތަދޫ އިހުގެ ބަނދަރުގެ އެއްގަމު ތޮއްޓަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަހު
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރުން: މަޝްރޫއުގެ 55 ޕަސެންޓް ނިމިއްޖެ
ޅައިމަގު ބަނދަރު ތަރައްގީކުރުން: ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް ސައިޓަށް