މާލޭގެ މޭޔަރު ކަމަށް ކޮންމެ މީހަކު ހޮވުނަސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ ކަައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.
ނަހުލާ އެހެން ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ނެރެފައިވާ ކެންޑިޑޭޓް އާޒިމާ ޝަކޫރު ހޮވައިގެން ނޫނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދޭނެ ކަމަށް ސަރުކާރުން ބުނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ނަހުލާ ވިދާޅުވީ، ރައީސް މުއިިއްޒަށް ވޯޓު ދިނީ ވަރަށް އުންމީދާއެކު ކަމަށާއި އެހެން މީހަކު ހޮވުމާއި ނުހޮވުން އެއީ މުޅިން އެހެން ކަމެއް ކަމަށެވެ.
”މާލޭގެ މޭޔަރު ކަމަށް ކޮންމެ މީހަކު ހޮވުނަސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަން ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،“ ނަހުލާގެ ފޭސްބުކް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އާޒިމާ ނޫން ކެންޑިޑޭޓެއް ހޮވައިފި ނަމަ ކަންކަން ނުވެދާ ދުވަސްތައް ތަކުރާރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަކަށްވެސް ނަހުލާ މީގެ ކުރިން ވަނީ ރައްދު ދެއްވައިފަ އެވެ.
ވިލިމާލެ ރައްޔިތުން މުއިއްޒަށް ދެއްވި ބޮޑު މެޖޯރިޓީ ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ އާޒިމާ ހޮވުނަސް އަދި ނުހޮވުނަސް ރައީސް މުއިއްޒު ވިލިމާލެ ބާކީނުކޮށް ވިލިމާލެއަށް ބޭނުންވާ ކަންކަން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ގުޅުންހުރި
މިއީ ހޫނު ދުވަސްވަރެއް، ކޮންމެހެން ބޭނުންވާ މިންވަރަށް އެކަނި ކަރަންޓު ބޭނުންކުރޭ:
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ގާޒާގެ ކުޑަކުދިން ކައިގެން ތިބެނީ ދުވާލަކު އެއްއިރު!
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި