ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަނެއްކާވެސް ފަސްކޮށްފި އެވެ.
ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހުވެސް ޕްރައިމަރީ ބޭއްވުމަށް ނިންމުމަށްފަހު އަނެއްކާވެސް ކުރިން އޮތްގޮތަށް މިމަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބާއްވާ ގޮތަށް ހަމަޖެއްސިއެވެ.
މިފަހަރު ޕްރައިމަރީ ފަސްކުރީ މި މަހުގެ 27 ވަނަ ދުވަހަށެވެ. އެގޮތަށް ނިންމިކަން އެ ޕާޓީގެ ބައެއް ވަޓްސްއެޕް ގްރޫޕްތަކުގައި ވަނީ ލިޔެފަ އެވެ. ނަމަވެސް ރަސްމީކޮށް އެފަދަ ކަމެއް އިއުލާނެއް ނުކުރެއެވެ.
ޕީއެންސީގެ ވަޓްއެސްޕް ގްރޫޕެއްގައި ލިޔެފައިވާ މެސެޖްގައިވާގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓާއި އަދި ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓް އާންމުކުރެވޭނެއެވެ.
މިފަހަރު ޕްރައިމަރީ ފަސްކުރީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
މީގެކުރިން ޕްރައިމަރީ ފަސްކުރީ، ޕީއެންސީން ބުނިގޮތުގައި، ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިންނެވެ.




ގުޅުންހުރި
ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މީހާ ދިހަ އަހަރަށް ޖަލަށް
ރޯދައިގެ ކުރިން އާ 15 މިސްކިތެއް ހުޅުވޭނެ: ރައީސް
ފާހިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި އާންމުކުރުމުން ދުރުހެލިވާން ޖެހޭ: ހުތުބާ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި