އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާނެ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ބާއްވަން އެޕާޓީން ތާވަލްކޮށްފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ މަހުގެ ތިނަކަށް ތާވަލުކޮށްފައިވާ ކަމަށާއި، އަދި އެ ޕާޓީންގެ ކެންޑިޑޭޓުންގެ ނަންތަކާއި ނަންބަރުތައް ވެސް އާންމުކޮށްފައިވާނެކަމަށެވެ.
މަޖިލިސް އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލަން އެ ކޮމިޝަނުން ތާވަލުކޮށްފައި ވަނީ މި މަހު 30 އިން ފެށިގެން އަންނަ މަހު 14 ގެ ނިޔަލަށް ކަމަށެވެ.
އެމްޑީޕީން އެޕާޓީގެ ޕްރައިމަރީ ބާއްވާނެ ތާރީޚް އިއުލާންކޮށްައިވާއިރު ވެރިކަން ކުރާ ޕީއެންސީން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް މި ޖެނުއަރީމަހުގެ 27 ވަނަ ދުވަހަށް މިހާރުވަނީ ތާވަލުކޮށްފައެވެ. މިއީ އެޕާޓީގެ ޕްރައިމަރީ ބާއްވާ ތާރީޚް ބަދަލުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ނިންމީ އެޕާޓީގެ ޕްރައިމަރީ މިމަހުގެ 20 ވަނަ ދުވަހުބާއްވާގޮތަށެވެ. އެކަމަކު ފަހުން މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހުވެސް ޕްރައިމަރީ ބޭއްވުމަށް ނިންމުމަށްފަހު އަނެއްކާވެސް ކުރިން އޮތްގޮތަށް މިމަހުގެ 20 ވަނަ ދުވަހު ޕްރައިމަރީ ބާއްވާ ގޮތަށް ހަމަޖެއްސިއެވެ.
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
![](https://haftha.mv/wp-content/uploads/2024/04/Scam-call-ad-MMA.jpg)
ގުޅުންހުރި
މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް ވާދަކުރާނީ އެމްޑީޕީއާއި ޕީއެންސީން އެކަނި
ބޭނުންވަނީ އިސްރާއީލް ޕާސްޕޯޓް މަނާކުރަން، ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރަން: އެމްޑީޕީ
ދެން ބާއްވާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު
ދެ އިންތިހާބުން ނާކާމިޔާބުވިޔަސް އިސްތިއުފާ ދިނުމުގެ ވިސްނުމެއް ލީޑާޝިޕުގައި ނެތް: ފައްޔާޒު
މަހުލޫފުގެ ބޮޑު ތުހުމަތެއް: ނަޒޫއަށް ގޮނޑި ގެއްލުނީ ފައިސަލް އެންޓި ކެމްޕޭން
ދޮންބިލެތް ހަލީމަށް ގޮނޑި ގެއްލުނީ އެންމެ ނުވަ ވޯޓުން، އެ ދާއިރާގައި