އީރާނުން ދީފައިވާ ބަދަލުހިފާނެ ކަމުގެ އިންޒާރާއިއެކު އީރާގާއި ސޫރިޔާގެ ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއްދީ، އެމެރިކާއާއި އިސްރާއީލަށް ސިހުން ގެނުވައިފިއެވެ.
މިއީ، އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯޕްސްގެ 3 މެމްބަރަކު މިދިޔަ ޑިސެމްބަރު މަހު ޝަހީދުކޮށްލުމާ ގުޅިގެން، އެކަން ރާވައި ހިންގި މޮސާދުގެ ހެޑްކްއާޓަރަށް ދެވުނު ހަމަލާއެއް ކަމަށް އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
މީގެއިތުރުން އީރާނުން ވަނީ ހަމަލާތަށް މަޑުޖައްސާލީނުންކަމަށާއި، އިރާގާއި ސީރިއާއަށް ދިން ސިލްސިލާ މިސައިލް ހަމަލާތަކަށް ފަހު އިތުރު ހަމަލާތަކެއް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފަ އެވެ.
ދުރުރާސްތާ މިސައިލް ބޭނުންކޮށްގެން އިރާނުން ހަމަލާދިނީ، އިރާގުގެ އުތުރުން ކުރުދިސްތާނުގެ އިރްބީލުގައި ހުންނަ އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރަށް ކަމަށް ވެއެވެ. އަދި އެހަމަލާތަކާއި އެކު އެހެޑް ކުއާރޓަރުވަނީ އެއްކޮށް ސުންނާފައިވެފައިކަމަށް ވެސް އައިއާރްޖީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އެމެރިކާ ކޮންސިއުލޭޓާ ގާތުގައި ހުރި އެހެން އިމާރާތްތަކަށްވެސް އީރާނުގެ މިސައިލް ހަމަލާތައް އަމާޒުކޮށްފައިވެއެވެ.
ސޫރިޔާގެ ސަރަހައްދުން އީރާނުގެ މިސައިލް ހަމަލާތައް އަމާޒުކުރި ތަންތަނަކީ، ސޫރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު (އައިސިސް) ގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ކަމަށްވެސް އީރާނުން ވަނީ ބުނެއެވެ. މީގެއިތުރުން ކުރުދިސްތާނަށްވެސް އިރާނުންވަނީ ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި 4 މީހަކު މަރުވެ، 6 މީހަކު ޒަޚަމްވިކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.




ގުޅުންހުރި
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި
ގައިދީންނާއި އޮފިސަރުން ވެގެން ހިންމަފުށީ ސްކޫލަށް 130 މޭޒު ޖަހައިދީފި
ސިފައިންގެ ޑްރޯންތައް ބޭނުންކުރަން ފެށުމުން ވަގަށް ވަންނަ އުޅަނދު މަދުވެއްޖެ: ގައްސާން
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު