ޏ. ފުވައްމުލަކު ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ސިޓީ ބޮޑުފަންނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ފާރެއްގައި ޖެހިގެން ކަމަށެވެ.
ރޭ 10:5 ހާއިރު ރިޕޯޓް ކުރި އެ އެކްސިޑެންޓުގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އެ މީހާ މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ މީހާއަށް ފަރުވާ ދެމުންދަނީ އެ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގަ އެވެ.



