އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ބްރިޖް އަޅައިދިނުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކުރުމަށް ޝައުވެރިކަންފާޅުކުރީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ސާވޭގެ ކަންކަން ވެސް އެ ކުންފުންޏާއެކު މަޝްވަރާކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ ބްރިޖް އެޅުމަށް ބޭނުންވާ ސާވޭ ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް އެ ކުންފުނިން ދީފައިވާ ކަމަށެވެ.
”އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭސާބަހާ ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ އެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި,“ ނާޒިމް ވިދާޅުވި އެވެ.
ހިތަދު އާއި ހުޅުމީދޫ ގުޅުވާލަން ބްރިޖެއް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މީގެއިތުރުން ގދ. ކާޑެއްދު އާއި ތިނަދޫ ސިޓީ ބްރިޖަކުން ގުޅާލުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ.




ގުޅުންހުރި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
އައިއެމްޑީސީގައި މާބަނޑު މީހެއްގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ނިޔާވި މައްސަލަ ބަލަނީ
ގޫގުލްގެ މަޝްރޫއަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި