ފުވައްމުލަކުގައި މޫދަށް އެރިއުޅުނު މީހަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 7:30 އެހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 23 އަހަރުގެ ޒުވާނެއް ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
އޭނާ މޫދަށް ދިޔައީ އެކަނި ކަމެއް ނުވަތަ ބަޔަކާއެކުގައި ކަމެއް ނޭނގެ އެވެ.



