މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނު ކުރި ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު ފަރާތްތަކުގެ ލިސްޓާމެދު މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
އެ މަސައްކަތް 16 ނޮވެމްބަރު 2023ގައި އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންވެ
އެ މައްސަލަ މުޅިން ބަލައި ނިމިފައި ނުވި ނަމަވެސް އޭސީސީން ވަނީ ގެދޮރުވެރިޔާ ޕޯޓަލްއިން އޮޓުމެޓިކުކޮށް ލިބުނު ޕޮއިންޓުތަކަށް އޭރު ބަދަލު ގެނެސްފައި ހުރިކަން މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެ އެވެ.
ފުލެޓް ލިސްޓާމެދު މި ހަފުތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން ބުނި އިރު، ފުލެޓް ލިސްޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފުލެޓު އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ބުނެފަ އެވެ.




ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
ގޯއްޗާއި ފުލެޓަށް ހުޅުވާލިތާ 7 ދުވަސް: 1600 އަށްވުރެ ގިނަ އެޕްލިކޭޝަން
ކޮވިޑް ކޮރަޕްޝަންގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރުމަށް ޕީޖީއަށް
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި