ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ، ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް ކުއްލިގޮތަކަށް އަވަހާރަވެއްޖެއެވެ.
ވިޝާމްގެ އަރިސް ބޭފުޅަކު ވަނީ ”ހަފްތާ“އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.
އޭނާ އަކީ މީގެކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލް ކަމުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެވެ. މަދަނީ ގިނަ މައްސަލަތަކެއްގައި ސިވިލް ކޯޓުގައި އޭނާ ވަނީ ވަކާލާތު ކުރައްވާފައެވެ.
އަވަހާރަވިއިރު، އަނތްބަކާއި ދިރިކަނބަލަކު ދުނިޔޭގައި އެބަތިއްބެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަމަށް ވިޝާމް އިންތިހާބުކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.



