ގއ. ވިލިނގިލިން ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް އިތުރު ކުއްޖަކު ޕޮޒިޓިވްވެއްޖެ އެވެ.
ވިލިނގިލިން ހޯއްގޮވާ ކެއްސުމަށް ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ތިން ކުއްޖެކެވެ. އެ ރަށުން ހޯއްގޮވާ ކެއްސުން ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރީ 23 ޖެނުއަރީ 2024ގައެވެ.
އެެ ފަހުން މިދިޔަ އާދީއްތަ ދުވަހު ހަތަރުވަނަ ކުއްޖަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެހެންވެ އިއްޔެ އެ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަކީ ހަތަރު ދުވަސް ތެރޭ އެ ބައްޔަށް ޕޮޒިޓިވްވި ދެވަނަ ކުއްޖާ އެވެ.
އެޗްޕީއޭ އިން ބުނީ، އ.ވިލިނގިލީގައި ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހޯއްގޮވާ ކެއްސުން އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް:
- މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް ނުވަތަ އޮފީހަށް ނުވަތަ މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
- އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
- ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕާޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން.
- އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން.




ގުޅުންހުރި
ސަރުކާރުން ވިޔަފާރިތަކާ ވާދަވެރިވުމަކީ އިގުތިސާދީ ހަމަތައް ފުނޑުފުނޑު ކޮށްލާނެ ކަމެއް: ޝާހިދު
އެމްޑީޕީއަކީ މިހާރު މުސްކުޅި ޕާޓީއެއް، އެ ޕާޓީން ވިއްކާ ސިޔާސަތުތަކެއް މިހާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި