ރާއްޖެ އާއި އިންޑިއާ އެއްބަސްވާ ގޮތެއްގެ މަތިން އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުން ކުރުން ކުރިއަށް ގެންދަން ދެ ގައުމުން މިއަދު އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ހާރިޖީ މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވާލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދެއްލީގައި ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް އިންޑިއާގެ ހާރިޖީ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ، އިންސާނީ އެހީތެރިކަމާއި މެޑިކަލް އިވެކުއޭޝަންތަކުގައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެވޭ ހައްލުތަކެއް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ. އެ ކަންކަމުގެ އިތުރު ތަފުސީލެއް ބަޔާނުގައި ދީފައެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް ހައި ލެވެލް ކޯ ގުރޫޕެއް އެކުލަވައިލަން ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހު 14ގައި ރާއްޖޭގައި ބޭއްވި އިރު، ދެވަނަ ބައްދަލުވުން ބާއްވަން އޭރުވެސް ހަމަޖައްސާފައި އޮތީ އިންޑިއާގަ އެވެ.
ގުޅުންހުރި
ބީއެމްއެލްއަށް ސީއީއޯއަކު ހޯދަން އިއުލާންކޮށްފި
2 ކިލޯގެ ޑުރަގް އެތެރެކުރުން: ޕާކިސްތާން މީހަކަށާއި 2 ދިވެހިންނަށް ދައުވާ
ފަޒީސް ހިޖާމާ ބަންދު ކޮށްދޭން ހެލްތް މިނިސްޓްރީން ޕޮލިހުގައި އެދިއްޖެ
ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް
އިގުތިސާދު ސިންދަފާތު ކުރުމަކީ ދިރިހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް
ސިޓީ ކައުންސިލާއި ފުލުހުން ނުކުމެ މަގުތަކުގައި ހުރި ބާވެ، ހަލާކުވެފައިވާ 224