މިދިޔަ އަހަރު ދަރަންޏަށް 15.7 ބިލިއަން ރުފިޔާ އިތުރުވެ، ދައުލަތުގެ ޖުމުލަ ދަރަނި 124 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމު ކޮށްފައިވާ މިދިޔަ އަހަރު ނިމުނު އިރު އެތެރޭގެ ދަރަނީގެ ގޮތުގައި ނެގި ވަރު 73 ބިލިއަނަށް އެރި އިރު، ބޭރުގެ ދަރަނީގެ ގޮތުގައި އެރި ވަރު 51 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާގައި ހުރި އިރު، މިއީ މިދިޔަ އަހަރު ފެށުނުއިރު ހުރި އަދަދަށްވުރެ 10.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެގޮތުން މިދިޔަ އަހަރު ފެށި އިރު ދައުލަތުގެ ދަރަނި ހުރީ 114 ބިލިއަން ރުފިޔާގައެވެ. އޭރު އެތެރޭގެ ދަރަނި ހުރީ 65 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުން ނެގި ލޯނުތަކުގެ އަދަދު ހުރީ 49 ބިލިއަން ރުފިޔާގަ އެވެ.
އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަމުން އަންނަ އިރު 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ. އެއީ ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އެއް ފަހަރާ ދައްކަން ޖެހޭނެ އަހަރެވެ.

ގުޅުންހުރި
މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ”ނަސްރު ބޯޓު“ އަޑިއަށް ހިނގައްޖެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ކުލާސްރޫމްތައް
އަންނަ އަހަރަކީ ނުފުއްދި ހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ފަށާނެ
ކޮޅުވެއްޓި ބަންޑުން ޖަހާލުން: މަރުވެފައި އޮއްވާ ފެނުނީ ދާންދޫ މީހެއް
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކަކު މަރުވެފައި އޮއްވައި ފެނިއްޖެ
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ